ޓިކްޓޮކްގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް

ޓިކްޓޮކްގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް

Author
އަހުމަދު
09 ނޮވެމްބަރ 2024 01:45
0

ޓިކްޓޮކްގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ވީޑިއޯ އާންމު ކުރީ ޒުބައިރު ފާރޫގް ނަމަކަށް ކިޔާ މީހެކެވެ.

ޓިކްޓޮކްގައި އާންމު ކުރި ވީޑިއޯގައި އެމީހާ، މީހަކަށް އިންޒާރު ދެނީ ފައިސާތަކެއް ނުދީ އުޅޭ މައްސަލައިގައެވެ. އެ ވީޑިއޯގައި އޭނާ ބުނި ގޮތުގައި އޭނާއަކީ ވަރަށް ނުރައްކާތެރި މީހެކެވެ. ހުޅުމާލޭގައި މަސްތުވާތަކެތި ބޭނުން ކުރާ ހުރިހާ މީހުންނަކީ ވެސް އޭނާގެ މީހުން ކަމަށް ބުނެފައިވެއެވެ.

އެމީހާ އިންޒާރު ދެމުން ބުނެފައިވަނީ އޭނާގެ އާއިލާ ވެސް "ނައްތާލާނެ" ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.