ބަނގުރާ ފުޅިތަކަކާއެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
08 ނޮވެމްބަރ 2024 07:42
0

ބަނގުރާ ފުޅިތަކަކާއެކު ތިން ބިދޭސީން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނާ ގޮތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 7 ވަނަ ދުވަހު ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

މި އޮޕަރޭޝަންގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން މަގުމަތިން ޕިކަޕެއް ހުއްޓުވައި، އޭގައި ތިބި މީހުން ހައްޔަރުކޮށް ބަލައިފާސްކުރުމުން 48 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ އިންޑިއާގެ ދެ މީހުންނާއި ނޭޕާލްގެ އެއް މީހެކެވެ.

ހައްޔަރުކުރެވުނު މީހުންނަކީ އިންޑިއާގެ 24 އަހަރުގެ ބިކާރާ ކުމާރު އާއި 27 އަހަރުގެ އަކިލޭޝް ކުމާރު، އަދި ނޭޕާލްގެ 35 އަހަރުގެ އުމާކަންތު ޗޯދަރީ އެވެ.

ހައްޔަރުކުރެވުނު މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތިން މީހުންވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.