ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރުކޮށްފި

Author
އަހުމަދު
02 ނޮވެމްބަރ 2024 02:06
0

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރީތިގަސް މަގުގައި ރޭ 10:42 ހާއިރު ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް މަޑުކުރަން ފުލުހަކު ބުނުމުން މަޑުނުކޮށް ދާން މަސައްކަތް ކުރި ކަމަށެވެ.

އެ ސައިކަލް ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން އެ ފުލުސް މީހާ ގައިގައި ސައިކަލު ޖައްސައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ހދ. ކުޅުދުއްފުށި، މިލްކުރާގެ، އަހުމަދު ޝަހީން ޝާހިދު (18އ) އެވެ.

އެ ފުލުސް މީހާއަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.