މައުމޫނު ވިދާޅުވަނީ މިރޭ ފެންނާނީ މިއަަރު ފެންނާނެ އެންމެ ބޮޑު، އެންމެ އަލިގަދަ ފުރިހަމަ ހަނދުކަމަށް

މައުމޫނު ވިދާޅުވަނީ މިރޭ ފެންނާނީ މިއަަރު ފެންނާނެ އެންމެ ބޮޑު، އެންމެ އަލިގަދަ ފުރިހަމަ ހަނދުކަމަށް

Author
ހުސައިން
17 އޮކްޓޯބަރ 2024 04:14
0

މިރޭ ފެންނާނެ ފުރިހަމަ ހަނދަކީ (ފުލް މޫންއަކީ) މިއަހަރުގެ އެންމެ ބޮޑު ފުރިހަމަ ހަނދު ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފުރިހަމަ ހަނދަކީ ސުޕާ ހަންޓާޒް ފުރިހަމަ ހަނދު ކަމަށާއި، މިއީ މިއަހަރު ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ "ފުލްމޫން" ކަމުގައެވެ.

މައުމޫން އިތުރަށް ވިދާޅުވެފައިވަނީ މިރޭ ހަނދު އަރާނީ މިއަދު ހަވީރު 5:49 ގައި ކަމަށާއި، އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައި ކަމަށެވެ. އަދި މި މަންޒަރު ބަލާލުމަށް އާންމުންނަށް ހިތްވަރުދެއްވާފައިވެއެވެ.

މައުމޫނަކީ ފަލަކީ ޢިލްމުގެ ރޮނގުން ދިރާސާކުރައްވާ، އެ ދާއިރާއަށް ކުޅަދާނަ ބޭފުޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.