އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރަން ސްޓެލްކޯ އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނެއް ވެސް ކުރިއެވެ. އެކަމަކު، މާލީ ހާލަތު ތަން ނުދޭތީ އެ އިއުލާން ނެރުނުތާ އެއް ދުވަސް ފަހުން ވަނީ ބާތިލްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ، އިސްލާމީ ކަންތައްތާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވާ، އިސްލާމީ މަރުކަޒުގެ މުންނާރުގެ ދަށުގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށެވެ. މިއީ ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކުރަން ބޭނުންވާ މަސައްކަތެއް ކަން ފާހަގަކޮށްފައިވެއެވެ.
ފަހުމީ ވިދާޅުވީ، ރާއްޖޭގެ ސަގާފީ އަދި ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ފުރުސަތުތައް ހޯދުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ