އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ނިންމައިފި

އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ނިންމައިފި

ގުޅުންހުރި

އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި، މަރިވެފައި އޮއްވާ ފެނުނު ކުއްޖާގެ މަރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މި ނިންމުން ނިންމީ ޑީއެންއޭ ރިޕޯޓް ހުށަހެޅުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ދައުވާ ލިބިފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލިފައިވަނީ ތިން ދައުވާއެކެވެ. އެއީ، އެނގިހުރެ މީހަކު މެރުމާއި، ކުޑަކުއްޖެއްގެ ސިއްޙަތަށް ގެއްލުން ލިބޭފަދަ ޢަމަލެއް ކުރުމާއި، އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާއެވެ.

މިއަދު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ކޯޓުން ނިންމިއެވެ. ދިފާޢީ ވަކީލު އިތުރު މުއްދަތަކަށް އެދުމުން، ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ ކޯޓުގެ ވަގުތު ބޭކާރުކޮށްގެން ނުވާނެ ކަމަށާއި، އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ހުށަހެޅުންތައް ހުށަހަޅަންވާނެ ކަމަށެވެ.

ހިރަންޏާ ފާހަގަކުރި ގޮތުގައި އޭނާ ވަނީ 10 މަސްދުވަސް ވަންދެން ބަންދުގައި ހޭދަކޮށްފައެވެ. ގާޒީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނޮވެމްބަރު މަހު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ދެފަރާތަށް އެއްބަސްވެވޭ ކަންކަން ފާހަގަކުރުމަށާއި، އިޢުތިރާފުގެ އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު އޮތްކަމަށްވެސް ގާޒީ ފާހަގަކުރެއްވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތުހުމަތުކުރާ ގޮތުގައި، ހިރަންޏާ ވަނީ ބަލިވެއިން ދުވަސްވަރު ކުއްޖާގެ ސިއްޙަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި، އަދި ބަލިވެއިން ކަންވެސް ސިއްރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ