ރާއްޖެ އައިސް އުޅުނު ޗައިނާ ދެ ފަތުރުވެރިންގެ ދަބަހެއް ވަގަށް ނަގައި އޭގައި ހުރި ސާމާނު ވިއްކާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ ސާމާނު ވިއްކާލާފައި ވަނިކޮށް ފުލުހުން ވަނީ މިހާރު އެ ތަކެތި ހޯދައިފައެވެ. އެ ދަބަހުގައި ހުރި ތަކެތީގެ ތެރޭގައި ލެޕްޓޮޕް، ހާޑް ޑްރައިވް، ޕަވާ ބޭންކް، ފާސްޕޯޓް އަދި އަންނައުނާއި އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ގދ. ތިނަދޫ، ރަންފަރުގެ، ޒަބީހް މުހައްމަދެވެ.
ފުލުހުން ބުނީ މޭރީ ބްރައުންއާ ދިމާއިން ބަޑުތަކުރުފާނު މަގުގެ ބުރުމަތީގައި ޗައިނާ ދެ ފަތުރުވެރިންގެ ދަބަސް ހަނދާން ނެތި ބާއްވާފައި ވަނިކޮށް ގެއްލިފައިވާ ކަމަށް މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 19:12 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ގަލޮޅު ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން އެރޭ 22:15 ހާއިރު ދަބަސް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ