ގެއްލުނު ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ފެނިއްޖެ

ގެއްލުނު ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ފެނިއްޖެ

Author
އަހުމަދު
25 ސެޕްޓެމްބަރ 2024 08:14
0

ހުޅުމާލެ އިން ގެއްލިގެން ހޯދަމުން ދިޔަ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު ފެނިއްޖެއެވެ.

ހއ. ހޯރަފުއްޓަށް އުފަން ސާއިފް 30، ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށީ ރޭގެ ވަގުތެއްގައެވެ. އޭނާ ގެއްލުނީ ހުޅުމާލޭގައި އުޅެނިކޮށެވެ.

އޭނާގެ ހަބަރެއް ނުވުމުން، އޭނާގެ ފޮޓޯއާއެކު ފުލުހުން މިއަދު ވަނީ ސާއިފް ހޯދަން އިއުލާންކޮށްފައެވެ.

ފުލުހުން ބުނީ މާލެއިން ސާއިފް ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރަކަށް ކުޅެމުން އައި ސާއިފް ވަނީ މީގެ ކުރިން ވެލެންސިއާ، ގްރީން ސްޓްރީޓްސް ފަދަ ޓީމުތަކަށް ވެސް ކުޅެދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.