މަޝްހޫރު އެކްޓަރު ހިނާ ޚާން، 2024 ވަނަ އަހަރު ސްޓޭޖް 3 ގެ ބްރެސްޓް ކެންސަރު ޖެހުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ.
އޭނާ ފުރަތަމަ މި ބަލީގެ ވާހަކަ ފޭނުންނާ ހިއްސާކުރީ 28 ޖޫން 2024 ގައީއެވެ.
އޭގެ ފަހުން، އޭނާ ވަނީ ކީމޯތެރަޕީ ގައި ތަހައްމަލު ކުރަންޖެހުނު އުދަގޫތަކާއި އަދި އިސްތަށިގަނޑު ކޮށުމާއި އަދި ފަހުން އިސްތަށިގަނޑު ބޯކޮށްލުން ފަދަ އަމިއްލަ އުނދަގޫ ނިންމުންތައް ނިންމުމާ ހަމައަށް، އޭނާގެ ތަޖުރިބާތަކާ ބެހޭ ގޮތުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ފަހަކަށް އައިސް، ހިނާ ވަނީ ކެންސަރާ ކުރާ ހަނގުރާމައިގައި އިތުރު ހުރަހެއް ހާމަކޮށްފައެވެ: މިއީ ކީމޯތެރަޕީގެ ވޭންދެނިވި ސައިޑް އިފެކްޓެއް ކަމުގައިވާ މިއުކޯސައިޓިސްއެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި، އޭނާ ވަނީ މިއުކޯސައިޓިސްއާއެކު އޭނާގެ ވޭން ހިއްސާކޮށް، މި ވޭން މެނޭޖްކުރާނެ ގޮތުގެ ލަފާ އޭނާގެ އޮންލައިން ފޭނުން ކައިރިން އެދިފައެވެ.