ފުވައްމުލަކު ބަނދަރަށް ބޯޓަކުން ބިއްލޫރި ޝީޓްތަކެއް ބާލަމުން ދަނިކޮށް އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

ފުވައްމުލަކު ބަނދަރަށް ބޯޓަކުން ބިއްލޫރި ޝީޓްތަކެއް ބާލަމުން ދަނިކޮށް އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

Author
ހުސައިން
15 ސެޕްޓެމްބަރ 2024 01:06
0

ބޯޓަކުން ބާލަމުންދިޔަ ބިއްލޫރި ޝީޓްތަކެއްގެ ދަށުވެ، އަނިޔާވި 4 މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. މި ހާދިސާ ހިނގީ ބޯޓަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުނު ވަގުތުގައެވެ. އަނިޔާވި މީހުންގެ ތެރޭގައި ދެ ދިވެހިންނާއި ދެ ބިދޭސީން ހިމެނެއެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި މީހާއަކީ ފިރިހެނެކެވެ. އޭނާގެ ފައިގެ ދެތަނަކުން ބިންދައިގެން ގޮސް، ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

އިތުރު ފަރުވާ ބޭނުންވާތީ، އޭނާ މިހާރު ވަނީ މާލެއަށް ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ. މިހާރު އޭނާ އޮތީ ވޯޑުގައި ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ހާދިސާގައި އަނިޔާވި އެހެން މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި ހާދިސާ ހިނގީ އިއްޔެ ހެނދުނު 9:32 ހާއިރުގައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.