އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗެއިނީ

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗެނީ ކެމަލާ ހެރިސްއަށް ވޯޓުދޭން ނިންމައިފި

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗެނީ ކެމަލާ ހެރިސްއަށް ވޯޓުދޭން ނިންމައިފި

އެމެރިކާގެ ކުރީގެ ނައިބު ރައީސް އަދި މުޅި އުމުރުގައިވެސް ރިޕަބްލިކަން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޑިކް ޗެނީ އަންނަ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓުންގެ ކެމަލާ ހެރިސްއަށް ވޯޓުދޭނެކަން ކަށަވަރުކޮށްދީފިއެވެ.

ޖޯޖް ޑަބްލިއު ބުޝްގެ ރައީސްކަމުގައި ނުފޫޒު ގަދަ ފަރާތެއްގެ ގޮތުގައި ބެލެވުނު ޗެނީ ވަނީ ބަޔާނެއް ނެރެ، މިހާރުގެ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްއަކީ "އަހަރެމެންގެ ޖުމްހޫރިއްޔާއަށް މިހާތަނަށް އޮތް އެންމެ ބޮޑު ނުރައްކަލެއް" ކަމަށް ބުނެފައެވެ.

އޭނާގެ ދަރިފުޅު، ކުރީގެ ރިޕަބްލިކަން މެންބަރު ލިޒް ޗެނީ، ވަނީ ޓެކްސާސްގައި އޮތް އަޑުއެހުމެއްގައި އޭނާގެ ބައްޕަ ޑިމޮކްރެޓިކް ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

"އޭނާ [ޓްރަމްޕް] ވަނީ ދޮގާއި އަނިޔާވެރިކަން ބޭނުންކޮށްގެން ފަހުގެ އިންތިޚާބު ވަގަށްނަގަން މަސައްކަތްކޮށްފައި، ވޯޓު ދިން މީހުން އޭނާ ބޭރުކޮށްލުމަށްފަހު އަމިއްލައަށް ބާރުގައި ހިފެހެއްޓުމަށް މަސައްކަތްކޮށްފައި،" ޗެނީ ބުންޏެވެ. "އޭނާއާ ދެން ބާރު ހަވާލެއް ނުކުރެވޭނެ."

"ރައްޔިތުންގެ ހައިސިއްޔަތުން، އަހަރެމެން ކޮންމެ މީހަކަށްވެސް ވަނީ ޤައުމު ޕާޓީގެ މައްޗަށް އިސްކުރުމުގެ ޒިންމާއެއް، އަހަރެމެންގެ ޤާނޫނުއަސާސީ ދިފާއުކުރުމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ. "އެހެންވެ އަހަރެން ވޯޓުލާނީ ނައިބު ރައީސް ކެމަލާ ހެރިސްއަށް."

ޗެނީގެ ބަސްތަކަށް ހެރިސްގެ ކެމްޕޭނުން މަރުޙަބާ ކިޔައިފިއެވެ.

"ނައިބު ރައީސް ޗެނީގެ ތާއީދު ލިބުމާމެދު ނައިބު ރައީސް ފަޚުރުވެރިވެ، އަދި އޭނާ ޤައުމު ޕާޓީގެ މައްޗަށް އިސްކުރުމުގެ ހިތްވަރަށް އިޙްތިރާމެއް ކުރޭ،" ކެމްޕޭން ޗެއަރ ޖެން އޯމެލީ ޑިލަން ބުންޏެވެ.

ޗެނީ ވަނީ ޑޮނަލްޑް ޓްރަމްޕްގެ ކެންޑިޑޭސީއާ މެދު ކަންބޮޑުވުން ފާޅުކުރާ އިތުރުވަމުންދާ ރިޕަބްލިކަނުންގެ ލިސްޓަކާ ގުޅިފައެވެ.

އޭނާގެ ދަރިފުޅު، ލިޒް ޗެނީ، ވަނީ މިހާރުވެސް ނައިބު ރައީސް ހެރިސްއަށް ތާއީދު ދީފައެވެ.

އޭނާ ވަނީ ޖަނަވަރީ 6 ގެ ކެޕިޓަލް ހަމަނުޖެހުންތައް ތަޙުޤީޤުކުރި ހައުސް ސިލެކްޓް ކޮމިޓީގައި މަސައްކަތްކޮށްފައި، އަދި މި ހާދިސާއަށްފަހު ކުރީގެ ރައީސް ޓްރަމްޕް އިމްޕީޗްކުރުމަށް ވޯޓުދިން 10 ރިޕަބްލިކަނުންގެ ތެރޭގައި ހިމެނުނެވެ.

ލިޒް ޗެނީ ވަނީ 2022 ގައި އޭނާގެ ކޮންގްރެސް ގޮނޑި ޓްރަމްޕް ތާއީދުކުރި ކެންޑިޑޭޓަކަށް ގެއްލުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *