ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރަލާއި ބިޔަރު ނައްތާލައިފި

ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރަލާއި ބިޔަރު ނައްތާލައިފި

Author
ހުސައިން
06 ސެޕްޓެމްބަރ 2024 11:26
0

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ތެރެއިން، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މަހުގެ 2 ވަނަ ދުވަހު ނައްތާލާފައިވަނީ މިއަހަރުގެ ޖޫން 25 އިން އޮގަސްޓު 26 ވަނަ ދުވަހުގެ ނިޔަލަށް، ކޫއްޑޫ އެއަރޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފްއިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ 366 ފުޅި ބަނގުރަލާއި 108 ބިޔަރު ދަޅެވެ.

މި ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންކަން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.