ގައުމިއްޔަތުގެ ނަމުގައި ނަފްރަތު ފެތުރުމަށް ޖާގަ ދެވިގެން ނުވާނެ: ޝާހިދު

ގައުމިއްޔަތުގެ ނަމުގައި ނަފްރަތު ފެތުރުމަށް ޖާގަ ދެވިގެން ނުވާނެ: ޝާހިދު

Author
އަހުމަދު
04 ސެޕްޓެމްބަރ 2024 04:12
0

ގައުމިއްޔަތުގެ ނަމުގައި ދިވެހިންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނައާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި އެންމެހާ އުޚުތުންނާއި އަޚުންނަށް އަރިސްކުރައްވާ ކަމަށެވެ.

ދިވެހި ގައުމިއްޔަތު ބިނާކުރެވިފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ އެއް ދީނެއްގައި ތިބި، އެެއްބަހަކުން ވާހަކަދައްކާ، އެއްނަސްލެއްގެ އެއްބައެއް ކަމަށާއި މިއީ ދުނިޔޭގެ މަދުބަޔަކަށް ނޫނީ ލިބިފައިނުވާ މަތިވެރި ނަސީބެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"ގައުމިއްޔަތުގެ ނަމުގައިވިޔަސް އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނައާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެ. އެކަންވެގެންދާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި." ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.