ހައިވޭގައި 2 ސައިކަލް ޖެހި ބަޔަކަށް އަނިޔާވެއްޖެ

ހައިވޭގައި 2 ސައިކަލް ޖެހި ބަޔަކަށް އަނިޔާވެއްޖެ

Author
އަހުމަދު
04 ސެޕްޓެމްބަރ 2024 03:59
0

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ އިން މާލެއަށް ދާން އޮންނަ ހައިވޭގައެވެ.

ފުލުހުން ބުނީ ހައިވޭގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު، ދެން އަނިޔާ ލިބުނު މީހާ ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

މިއަދު ހެނދުނު އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ގެއްލުން ލިބިފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.