މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފޮޓޯ : ސޯޝަލް މީޑިއާ

ބައިލައްކަ މުސާރައިގަ 5 އެމްޑީން ހޯދަން އަލުން އިއުލާން ކޮށްފި

ބައިލައްކަ މުސާރައިގަ 5 އެމްޑީން ހޯދަން އަލުން އިއުލާން ކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މެނޭޖިންގ ޑިރެކްޓަރުގެ ފަސް މަޤާމަށް މީހުން ހޯދުމަށް ކުރިން ކުރި އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކޮށްފިއެވެ. މި ނިންމުން ނިންމީ އެކަށީގެންވާ އަދަދަކަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައި ނުވާތީއެވެ.

އަލުން ކުރެވުނު އިޢުލާނުގައި، ޓަރމްސް އޮފް ރެފަރެންސްއަށް ބަދަލުގެނެސް، އަންނަނިވި ފަސް ދާއިރާއަށް މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް ހުޅުވާލާފައިވެއެވެ:

1. މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
2. ފައިނޭންޝަލް ސްޓެބިލިޓީ
3. ބޭންކިންގ އޮޕަރޭޝަންސް
4. ކޯޕަރޭޓް ސަރވިސަސް
5. ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް

މި މަޤާމުތަކަށް ކަނޑައެޅިފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ޖުމްލަ އަދަދަކީ 50,000 އާއި 55,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ:

– ވަނަވަރު (ސީވީ)
– ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
– ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
– މިހާރު ވަޒީފާއެއްގައި އުޅޭނަމަ ނުވަތަ ކުރިން އުޅެފައިވާނަމަ، އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުން
– ދައުލަތުގެ އިދާރާއަކަށް ޚިދުމަތް ކުރަންޖެހިފައިވާނަމަ، އެމްއެމްއޭގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ވަޒީފާއަށް އެދި ހުށަހަޅަންވާނީ careers.mma.gov.mv ޕޯޓަލް މެދުވެރިކوށެވެ. މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ސްޓޭޓަސް ވެސް މި ޕޯޓަލްއިން ބެލެން ހުންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *