ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވާން އިލްތިމާސް ކޮށްފި

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވާން އިލްތިމާސް ކޮށްފި

Author
ހުސައިން
01 ސެޕްޓެމްބަރ 2024 02:50
0

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން މިއަދު އިލްތިމާސްކޮށްފައިވެއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް" މެދުވެރިކޮށް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސްޓެލްކޯގެ ނަމުގައި ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލައެއް ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިގޮތަށް ގުޅާ ފަރާތްތަކުން މީހުންގެ ޒާތީ މައުލޫމާތު ހޯދުމަށް ދޮގު މައުލޫމާތު ދީ، އޮޅުވާލަން މަސައްކަތް ކުރަމުންދެއެވެ.

ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް ސްޓެލްކޯއިން ނުގުޅާނެ ކަމަށެވެ. އަދި ޝައްކުކުރެވޭފަދަ ކޯލެއް އަތުވެއްޖެނަމަ، ފޯނު ކަނޑާލުމަށް އޭނާ އާންމުންނަށް އިރުޝާދު ދެއްވިއެވެ. މީގެއިތުރުން، މިފަދަ ކޯލެއް ލިބިއްޖެނަމަ، ސްޓެލްކޯއަށް ގުޅައި އެކަން ޔަގީންކުރުމަށް ފަހުމީ ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.