ޑރ. ޝަޒްރާ އާއި ޝާދިޔާގެ ބަންދަށް 5 ދުވަސް އިތުރު ކޮށްފި

ޑރ. ޝަޒްރާ އާއި ޝާދިޔާގެ ބަންދަށް 5 ދުވަސް އިތުރު ކޮށްފި

Author
ހުސައިން
01 ސެޕްޓެމްބަރ 2024 12:58
0

ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ކުށްވެރިކުރުމަށް އަޑުއުފުލަމުން ދިޔަ ޑރ. ޝަޒްރާ އިބްރާހީމާއި އައިޝަތު ޝާދިޔާގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މި ދެ މީހުން މިދިޔަ އޮގަސްޓް 28 ވަނަ ދުވަހު ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން، މި ދެ މީހުންގެ މައްޗަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުވެސް ފުލުހުން ކުރެ އެވެ.

ޝާދިޔާ އާއި ޝަޒްރާ ހައްޔަރުކުރުމަށްފަހު އެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހި ތިން ދުވަސް ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިއަދު ވަނީ މި ދެ މީހުންގެ ބަންދަށް އިތުރު ފަސް ދުވަސް ދީފަ އެވެ. ޝާދިޔާ އާއި ޝަޒްރާ ވަނީ ރާއްޖޭގައި ހުންނަ ޖަރުމަން އެމްބަސީ އާއި، އިނގިރޭސިވިލާތުގެ އެމްބަސީ އާއި އދގެ އޮފީހާއި އަދި ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު ދިރިއުޅުއްވާ ގެ ކުރިމަތީގައި ތަކުރާރުކޮށް އަޑުއުފުލާފަ އެވެ.

ޝަޒްރާ އާއި ޝާދިޔާ ހައްޔަރުކޮށްފައިވާތީ އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށް އެ ދެ މީހުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.