ސަރުކާރުގެ އިތުރު އެސްއޯއީތައް ކޯޕަރަޓައިޒް ކުރަނީ

ސަރުކާރުގެ އިތުރު އެސްއޯއީތައް ކޯޕަރަޓައިޒް ކުރަނީ

Author
ހުސައިން
01 ސެޕްޓެމްބަރ 2024 12:45
0

ސަރުކާރުން ކުރިޔަށް ގެންދާ އެސްއޯއީ ރީފޯމްގެ ދަށުން ދައުލަތުގެ އިތުރު އެސްއޯއީތައް ކޯޕްރަޓައިޒް ކުރުމަށް ހަމަޖެހިފައިވާކަން ރައީސް މުއިއްޒު ހާމަ ކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިކަން ހާމަކޮށްފައިވަނީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ކުރިން، ކެބިނެޓްގައި މަޝްވަރާ ކުރުމަށް ހަމަޖައްސާފައިވާ ކަންކަމުގެ މައުލޫމާތު ހާމަކުރެއްވުމަށް އާންމު ކުރެއްވި ރައީސްގެ ވޯޑިއޯ މެސެޖެއްގައެވެ.

މި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވި ގޮތުގައި ކޯޕްރަޓައިޒް ކުރުމަށް ހަމަޖައްސާފައިވާ އެސްއޯއީތަކުގެ ތެރޭގައި ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީއާއި ފަހިދިރުއުޅުން ކޯޕަރޭޝަން ހިމެނެއެވެ. ރައީސް ވިދާޅުވީ ގޮތުގައި މި ކުންފުނިތަކާއި ގުޅޭގޮތުން ގޮތެއް ނިންމުގެ ކުރިން، ީޖަނަލް އެއަރޕޯޓްސް ކޮންޕެނީއަށް އެންމެ ފައިދާ ބޮޑުވާނީ އެމްއޭސީއެލްއާއި މާޖުކުރުންތޯ ނުވަތަ އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުންތޯ މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އޭގެ އިތުރުން ފަހިދިރުއުޅުން ކޯޕަރޭޝަނަށް އެންމެ ރަގަޅުވާނީ އެކުންފުނިން އެޗްޑީސީއާއި މާޖް ކުރުންތޯ ނުވަތަ އެޗްޑީގެ ދަށުން ހިންގާ ސަބްސިޑިއަރީއަކަށް ހެދުންތޯ މަޝްވަރާ ކުރެވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއިއެވެ.

އަދި އޭގެ އިތުރުން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އާއި މާޖްކުރުން ނުވަތަ އެ ކުންފުނީގެ ދަށަށް ގެންދިއުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެސްއޯއީ ރީފޯމްގެ ދަށުން ފާއިތުވި އޮގަސްޓްމަހު ސަރުކާރުންވަނީ ފެނަކަ ކޯޕަރޭޝަން އެސްޓީއީގެ ސަބްސިޑިއަރީ ކުންފުންޖެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.