ފުލުހެއްގެ ކަންކަށި މަތީ ޖެހި މީހަކު ޖަލަށް

ފުލުހެއްގެ ކަންކަށި މަތީ ޖެހި މީހަކު ޖަލަށް

Author
ހުސައިން
01 ސެޕްޓެމްބަރ 2024 09:02
0

ހދ. ކުޅުދުއްފުށީގައި ފުލުހެއްގެ ކަންކަށި މަތީ ޖެހި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. މި އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާގައި، ހދ. ކުޅުދުއްފުށި، ލަންދޫގެ އަބްދުﷲ އިބްރާހީމް ކިޔާ މީހަކު، އޭނާގެ މައްޗަށް ކުރެވުނު ވައްކަމުގެ ތުހުމަތަކާ ގުޅިގެން ފުލުހުން މަގުމަތިން އޭނާ ހިފަހައްޓައި ސުވާލު ކުރުމުގެ ތެރޭގައި ފުލުހަކަށް ހަމަލާދިނެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

ޝަރީއަތުގައި އަބްދުﷲ އިބްރާހީމް ފުލުހަކަށް ހަމަލާދިން ކަމަށް އިއުތިރާފުވުމާ ގުޅިގެން، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އޭނާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް، ކުށް ސާބިތުވުމުން އޭނާގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ޝަރީއަތުންވަނީ މި އަދަބު ގޭ ބަންދު އަދަބަކަށް ލުއިކޮށްދީފައެވެ.

މީގެއިތުރުން، އަބްދުﷲ އިބްރާހީމްގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއެއްވެސް އުފުލައި އެ ކުށް ސާބިތުވެފައިވެއެވެ. އަމިއްލައަށް ބޮގަރު ކައްކައިގެން ބުއި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އިއްވާފައިވަނީ 40 އެތިފަހަރުން ޖަލްދުކުރުމާއެކު 13 ދުވަހުގެ ޖަލު ހުކުމެކެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި ދެ މައްސަލަ ނިންމައި ހުކުމްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.