އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަތުހަރު ޝަރީއަތް ނިމެންދެން ބަންދުން ކޮށްފި

އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަތުހަރު ޝަރީއަތް ނިމެންދެން ބަންދުން ކޮށްފި

Author
ހުސައިން
31 އޮގަސްޓް 2024 07:10
0

އަންހެނަކު ރަހީނުކޮށް، ވަިން ބިރުދައްކާ އަދި ފުލުހުންނަށް އިންޒާރުދިން އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ހިނގި މި ހާދިސާގައި، ށ. މިލަންދޫ، ހެޕީލޭންޑް އަހުމަދު އަތުހަރު ވަނީ އަންހެނަކު ވަޅިން ބިރުދައްކައި ރަހީނުކޮށްފައެވެ. ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން މަސައްކަތްކުރުމުން، އޭނާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލެއްގައި އަރުވައިގެން ފިލަން އުޅެފައިވެއެވެ. ނަމަވެސް ފުލުހުންވަނީ އަހުތަރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، އަންހެން މީހާ ސަލާމަތްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ދެ ފަރާތަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، މާ ބޮޑު އަނިޔާއެއް ނުލިބޭތީ ދޫކޮށްލާފައިވެއެވެ. އަހުމަދު އަތުހަރުގެ ސިއްހީ ހާލަތު ބެލުމަށް އެކި ޓެސްޓުތައް ހެދުމުން އެއްވެސް މައްސަލައެއް ނެތްކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހަރަކާތްތެރިވި ގޮތަށް ދާޚިލީ ވަޒީރު އަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި މިފަދަ ހާދިސާތަކަށް އިތުރަށް ތައްޔާރުވުމަށް ފުލުހުންނަށް އިތުރު ތަމްރީނު ދިނުމުގެ މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.