ދަތުރު ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ދަތުރު ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނީ

Author
ހުސައިން
31 އޮގަސްޓް 2024 02:03
0

ހުވަފެންފުށި ދެކުނުން ހިއްކާފައިވާ ސަރަޙައްދަށް ދަތުރުކުރި މާލޭ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިފައިވާ ފަރާތަކީ މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43 އަހަރު) އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓު 30 ވަނަ ދުވަހުގެ ރޭ 10:00 އާއި 11:00 އާ ދެމެދު ކަމަށް އޭނާއާއެކު ދަތުރު ދިޔަ މީހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ފަރާތުން އާންމުންނަށް ގޮވާލާފައިވަނީ ތަސްލީމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ހިއްސާކޮށްދިނުމަށެވެ. އަދި އޮގަސްޓު 29 އަދި 30 ވަނަ ދުވަހު (ބުރާސްފަތި / ހުކުރު) މި ސަރަޙައްދަށް ދަތުރުކޮށްފައިވާ ފަރާތްތަކުންވެސް އެކަން އަންގައިދިނުމަށް އެދިފައިވެއެވެ.

މި މައްސަލައާ ގުޅޭ މަޢުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން ހިންމަފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9794639 އަށް ގުޅުމަށް ފުލުހުން އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.