ވަޅިން ބިރުދައްކާ އަނިޔާކުރި އަންހެން މީހާގެ ހާލު ރަގަޅު

ވަޅިން ބިރުދައްކާ އަނިޔާކުރި އަންހެން މީހާގެ ހާލު ރަގަޅު

Author
ހުސައިން
30 އޮގަސްޓް 2024 01:19
0

މާފަންނުގައި މިރޭ ހިނގި ވަޅިން ބިރުދެއްކި ނުރައްކާތެރި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ހާލު ރަގަޅުކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މާފަންނު ސަރަހައްދުގައި ހިނގި ނުރައްކާތެރި މި ހާދިސާގައި ފުލުހުންވަނީ އަންހެން މީހާ ސަލާމަތްކޮށްފައެވެ. ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، ގެއެއްގައި އަންހެނަކު ހިފަހައްޓައިގެން ހުރި ފިރިހެނަކު އޭނާއަށް އަނިޔާކޮށްފައިވެއެވެ. އެ ފިރިހެނާ އަންހެނާގެ ކަރުގައި ވަޅި ޖައްސައި، ފުލުހުން ސަލާމަތްކުރަން އުޅެފިނަމަ މަރާލާނެކަމަށް އިންޒާރުދީފައިވެއެވެ. އަނިޔާކުރުމަށްފަހު، އަންހެނާ ސައިކަލަކަށް އަރުވައިގެން މަގުމައްޗަށް ނެރެފައިވެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އަންހެނާ ސަލާމަތްކޮށްފައެވެ. އަންހެން މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ވަޅިން ބިރުދެއްކި ފިރިހެންމީހާއަށްވެސް އަނިޔާ ވެފައި ވެއެވެ.

މި ހާދިސާގައި އަނިޔާކުރި ފިރިހެނާ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އަނިޔާ ލިބުނު އަންހެނާ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދެއެވެ. އަންހެނާގެ ހާލަތު މިހާރު ރަނގަޅުކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުން މި މައްސަލަ ތަޙްޤީޤުކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.