ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށާއި، އަދި ފުވައްމުލަކު ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފިއެވެ.
ހޯދަން އިއުލާން ކޮށްފައިވާ ދެ ފަރާތަކީ
1. ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އަޙްމަދު އައިމަން، ރ. މާކުރަތު / ނީލޯފަރުގެ (29އ)
އައިޑީ ކާޑު ނަންބަރު: A251272
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2024 ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ 14:00 އަށް
2. ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އަޙްމަދު ޝިނާޒް، ސ. ހިތަދޫ / ތުޅާދޫގެ (40އ)
އައިޑީ ކާޑު ނަންބަރު: A100208
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 13:00 އަށް
ކޮމެންޓު ފޮނުވާ