ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ބަހައްޓާ ސަރަހައްދާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް ޚާއްސަ ނަންބަރެއް ހަމަޖައްސައިފި

ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ބަހައްޓާ ސަރަހައްދާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް ޚާއްސަ ނަންބަރެއް ހަމަޖައްސައިފި

Author
ހުސައިން
29 އޮގަސްޓް 2024 11:02
0

ރަޖިސްޓްރީ ނުކޮށް މާލެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ އުޅަނދުފަހަރު ވަގުތީގޮތުން ޕާކުކުރުމަށް ހުޅުމާލޭގައި ޚާއްޞަކޮށްފައިވާ ސަރަހައްދެއްގެ މަޢުލޫމާތު ހޯދުމަށް ޚާއްޞަ ނަންބަރެއް ގާއިމް ކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރަޖިސްޓްރީނުކޮށް މަގުމަތީގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި، އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް "އޭ" ޒޯންގައި ދުއްވުމާއި ޕާކުކުރުން ހުއްޓުވައި، މި އުޅަނދުތައް ޤާނޫނީ އިމުގެ ތެރެއަށް ގެނައުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅުންހުރި އެހެނިހެން ވުޒާރާތައް ގުޅިގެން ހުޅުމާލޭގެ ލޮޓް ނަންބަރު 452 ގައި އުޅަނދުތައް ވަގުތީގޮތުން ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

މި ސަރަހައްދުގައި އުޅަނދު ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ހޯދުމަށް 9444211 އަށް ގުޅުމަށް އަންގާފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ފްލެޓު ކުރިމަތީގައިވާ 40,000 އަކަފޫޓުގެ ހުސްބިން އެޗްޑީސީން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރީ ފާއިތުވި ހަފްތާގައެވެ. މި ބިމަކީ ގާތްގަނޑަކަށް 200 ވަރަކަށް ކާރު ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ ޖާގަ ލިބޭ ސަރަހައްދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.