މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

Author
ހުސައިން
26 އޮގަސްޓް 2024 11:07
0

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިތަކެއްޗަކީ މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް މާފަރު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ބަނގުރަލެވެ.

އެގޮތުން، އޮގަސްޓު 25 ދުވަހު ނައްތާލާފައިވަނީ 117 ފުޅި ބަނގުރާ އަދި 76 ދަޅު ބަނގުރަލެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.