ގދ. ގައްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ތުހުމަތުކުރެވޭ އަންހެނަކު ހޯދަނީ

ގދ. ގައްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ތުހުމަތުކުރެވޭ އަންހެނަކު ހޯދަނީ

Author
ހުސައިން
26 އޮގަސްޓް 2024 11:05
0

ގދ. ގައްދޫގައި ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ތުހުމަތުކުރެވޭ އަންހެނަކު ތަޙްޤީޤަށް ހާޒިރުކުރުމަށް ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ 25 އަހަރުގެ ޝަފުރާ ޢަބްދުﷲ އާދަމް (ގދ. ގައްދޫ / ދިލާވަރުގެ) އެވެ. ނަމަވެސް އޭނާ ދިރިއުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ފުލުހުން ވަނީ އާންމުކޮށް އިޢުލާނުކޮށްފައެވެ.

މި އިޢުލާނުގައި ބުނެފައިވަނީ ޝަފުރާ ޢަބްދުﷲ އާދަމް، 2024 ސެޕްޓެންބަރު 2 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށެވެ.

ފުލުހުން މި އިޢުލާނު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު މި ވަގުތު ލިބިފައެއް ނުވެއެވެ. ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސަރުކާރުންނާއި އާންމުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.