ފުވައްމުލަކު ސިޓީގެ ފެނަކަ އަދި ވެމްކޯގެ ޚިދުމަތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް އިސްކަންދީގެން ހައްލު ހޯދައިދޭނެ: ތޯރިގު

ފުވައްމުލަކު ސިޓީގެ ފެނަކަ އަދި ވެމްކޯގެ ޚިދުމަތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް އިސްކަންދީގެން ހައްލު ހޯދައިދޭނެ: ތޯރިގު

Author
ހުސައިން
24 އޮގަސްޓް 2024 11:21
0

ފުވައްމުލަކު ސިޓީގައި ހުރި ފެނަކަ އަދި ވެމްކޯގެ ޚިދުމަތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް އިސްކަންދީގެން ހައްލު ހޯދައިދޭނެ ކަމަށާއި، ފުވައްމުލަކު ސިޓީގެ ޔުޓިލިޓީ ޚިދުމަތްތަކުގެ މައްސަލަތަކަށް އަވަސް ހައްލެއް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ހިނގާ އިދާރާތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މީގެ ތެރޭގައި ފުވައްމުލަކު ސިޓީގެ:

1. ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ފެނަކައިގެ އިންޖީނުގެ
2. ސުވަރޭޖް ސިސްޓަމް ބަހައްޓާފައިވާ މަރުކަޒު
3. ފެން ޕްލާންޓް ބަހައްޓާފައި ހުރި މަރުކަޒު

މި ތަންތަން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީން އިސްކަންދޭނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

ފާއިތުވި ދުވަސްތަކުގައި ފުވައްމުލަކު ސިޓީގެ އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ވަކި ވަގުތުތަކެއްގައި ކަރަންޓު ކަނޑާލަން ޖެހުނެވެ. ފެނަކައިން ބުނެފައިވާ ގޮތުގައި މި މައްސަލަ ދިމާވީ އިންޖީނު މެއިންޓެއިން ނުކުރެވި ހުރުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ވަނީ މި މައްސަލަ ހައްލުކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.