ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ 20 ކިއޮސްކް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ 20 ކިއޮސްކް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފި

Author
ހުސައިން
22 އޮގަސްޓް 2024 10:05
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ 20 ކިއޮސްކް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ކިއޮސްކްތައް ދޫކުރާނެ ފަރާތްތައް ހޮވާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ. ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ ފޯމު އެޗްޑީސީގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެޗްޑީސީން އާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފޯމު ދޫކުރަން ފަށާނީ 25 އޮގަސްޓު 2023 ވަނަ ދުވަހުން ފެށިގެންނެވެ. އަދި 5 ސެޕްޓެންބަރު 2023 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ދޫކުރެވޭނެކަމަށާއި، ފޯމު ބަލައިގަންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށްކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 5 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ގުރުއަތުލުން އޮންނާނީ 19 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މި ފުރުޞަތަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިޔަފާރި ފުރުޞަތުތައް އިތުރުކޮށް، އާންމު ރައްޔިތުންނަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޗްޑީސީން އަޅާ ފިޔަވަޅެއްކަަމަށް އެކުންފުނިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.