މުޙްޔިއްދީން ސްކޫލުގެ އެދިލުމަކަށް އެ ސްކޫލުގެ ދަރިވަރުންނަށް، ދިވެހި ޤައުމިއްޔަތާ ބެހޭ ކުލާހެއް އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރއިން ނަގައިދީފިއެވެ.
މުޙްޔިއްދީން ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސްކޫލުގެ 65 ދަރިވަރުންނާއި ސްކޫލުގެ ޓީޗަރުން ވަނީ ބައިވެރިވެފައެވެ. "ޝަހީދުންގެ ޒިކުރާ" މި މަޢުޟޫއަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދިޔަ މި ކުލާހުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ.
ކޮމެންޓު ފޮނުވާ