ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެ އަދަމުން ދަނީ

ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެ އަދަމުން ދަނީ

Author
ހުސައިން
22 އޮގަސްޓް 2024 10:30
0

ތިލަފުށީގައި ހުރި މެރިންޑޯ ގުދަނެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ފަރާތުން މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ތިލަފުށީގައި ތިބި ބައެއް މީހުން ބުނާ ގޮތުން، އަލިފާންގަނޑު މިހާރު ދަނީ ފެތުރެމުންނެވެ. އަދި އެހެން އިމާރާތަކަށް ވެސް މިހާރު ވަނީ އަލިފާންގަނޑު ފެތުރިފައެވެ. މީސް މީޑިއާގައި ފެތުރިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ދެ ވެހިކަލް ބޭނުންކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް އައިއިރު އަލިފާންގަނޑު ކޮންޓްރޯލްވާ ތަނެއް ނުފެނެއެވެ. އެމްއެންޑީއެފުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.