ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ޢައްޔަނުކުރައްވައިފި

ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ޢައްޔަނުކުރައްވައިފި

Author
ހުސައިން
21 އޮގަސްޓް 2024 09:02
0

އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޙައްމަދު ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ޢައްޔަނުކުރައްވައިފިއެވެ.

މުޙައްމަދު ޒިޔާދަކީ މީގެ ކުރިން ވެސް މި މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެއީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދައުރުގައެވެ. ޒިޔާދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.

ޒިޔާދުގެ ބަދަލުގައި އެމްޓީސީސީގެ އައު މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ހަމަޖައްސަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.