ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމަށް ތައްޔާރުވުމުގެ ގޮތުން ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
ޤަތަރު އެއަރވޭސްގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޑިސެމްބަރު 13 އިން ފެށިގެން ގަތަރު އެއާވޭސްއިން ރާއްޖެއަށް ހަފުތާއަކު 28 ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. މިއީ މިހާރު ކުރަމުންދާ ހަފުތާއަކު 21 ދަތުރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. އަދި ޖަރުމަނުވިލާތް، އިޓަލީ އަދި ޔުނައިޓެޑް ކިންގްޑަމްގެ ދަތުރުވެރިންނަށް މިހާރު ޓިކެޓް ބުކްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ގަތަރު އެއާވޭސްއިން ވަނީ ރާއްޖޭގެ އިތުރުން ލަންޑަން، މިއާމީ އަދި ޓޯކިޔޯއަށް ކުރާ ދަތުރުތައްވެސް އިތުރުކުރުމަށް ނިންމާފައެވެ. މި ބަދަލުތަކަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ދަތުރުވެރިންގެ އަދަދަށް އަމާޒުކޮށް ގެނެވޭ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ