ވިއްސާރައިގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރިޔަށް: ސްޓެލްކޯ

ވިއްސާރައިގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރިޔަށް: ސްޓެލްކޯ

Author
ޙަސަން މުޙައްމަދު
13 އޮގަސްޓް 2024 07:43
0

ވިއްސާރައިގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، މާލޭގެ ލޮނުޒިޔާރަތްމަގު ސަރަހައްދުގައި ކަރަންޓު މެދުކެނޑުމާ ގުޅިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. ސްޓެލްކޯއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު ކުރިމަތިވެފައިވާ ވިއްސާރައިގެ ސަބަބުން ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓްވުމާ ގުޅިގެން، ވީބީ މާޓް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައިވާކަމަށެވެ. އަދި އެ ސަރަހައްދަށް އަލުން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް މާފަށް އެދޭ ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް، އެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.