މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި

މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި

ގުޅުންހުރި

މާފަންނު ސަހަރާއިން ގަބުރުތައް ނަގައި ހުސްކޮށް، އެތަން ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ، މާލެ ސިޓީގައި ކުރިން ބޭނުންކުރަމުން އައިސްފައިވާ ސަހަރާތަކުގެ ތެރެއިން، މާފަންނު ސަހަރާގެ 36،153 އަކަފޫޓުގެ ސަރަޙައްދު އެ ކައުންސިލާއި އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތަށް ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް މިމަހުގެ 8 ވަނަ ދުވަހު ވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ސަހަރާ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން 36،153 އަކަފޫޓުގެ ސަރަޙައްދުގައިވާ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ފުރޭނުމުގެ އިތުރުން އެ ވެލި ހުޅުމާލެ ސަހަރާއަށް ގެންދާނެއެވެ.

މާފަންނު ސަހަރާގެ މަގުމަތީ ފާރު ވެސް ނަގާލަން ވަނީ ނިންމާފައެވެ. ހަމައެއާއެކު ސަހަރާގައި ހުރި ގަސްތައް ވެސް ނަގައި ކައުންސިލުން ދައްކާ ތަނެއްގައި އަލުން އިންދަން ވަނީ ނިންމާފައެވެ.

މާފަންނު ސަހަރާ ހުސްކުރަން ނިންމާފައި ވަނީ އެތަނުގައި ޕާކިން އިމާރާތަކާއި ޕާކެއް އެޅުމަށެވެ.

ސަހަރާ ސާފުކޮށް ބިންގަނޑު ކޮނެ ވެލި ނަގަން ނިންމާފައިވާއިރު، އެތަނުގައި ހުރި ގަބުރުތަކަށް ހަދާނެ ގޮތެއް ކައުންސިލުން ހާމަ ކޮށްފައެއް ނުވެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ