ރައްކާ ރޯޑް ޝޯވް 2024 މިއަދު ފުވައްމުލަކު ސިޓީގައި ފަށާނެ

ރައްކާ ރޯޑް ޝޯވް 2024 މިއަދު ފުވައްމުލަކު ސިޓީގައި ފަށާނެ

Author
ޙަސަން މުޙައްމަދު
03 އޮގަސްޓް 2024 11:43
0

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހިވާ ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ ހޮންޑާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން،ފުވައްމުލަކު ސިޓީގައި ބާއްވާ ރައްކާ ރޯޑް ޝޯވް 2024 މިއަދު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

މި އޮގަސްޓް މަހުގެ 3 ވަނަ ދުވަހުން ފެށިގެން 18 އަށް ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވް ގެ ޕްރޮގްރާމުތަކުގައި، ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްެރާމް، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމިއްޔާތަކަށް ކުރިއަށް ގެންދާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ކުރިއަށް ގެންދާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތަކާއި، އޮންބޯޑް ފްލަޔަރ ޑިސްޓްރިބިއުޝަން، ފަހިރާސްތާ، ރޯޑް ސޭފްޓީ ހިނގާލުން، ބިލްބޯޑު ައދި ވޮލީބޯޅަ މުބާރާތުގެ އިތުރުން ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

 

ރައްކާ ރޯޑް ޝޯވް ފުވައްމުލަކުގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ވޮލީ ބޯޅަ މުބާރާތުގެ ކޯޓު ތައްޔާރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ބިލްބޯޑުތައް ހަރު ކުރުމާއި ރަށުގެ ބޮޑު މަގުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ މެސެޖު ލިޔެފައިވާ ބެނާތައް ހަރުކުރުމާއި،ޓްރެފިކް މޮނިޓަރސް ޕްރޮގްރާމު ފެށުމުގެ ތައްޔާރީތައް ވެފައިވެއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިޔުމުގައި މޯލްޑިވްސް އެއަރޕޯރޓްސް ކޮންޕެނީ، މޯލްޑިވިއަން، ފުވައްމުލަކު ސިޓީ ޕޮލިސް، ފުވައްމުލަކު ސިޓީ ކައުސިލް އިދާރާ، އަންހެނުން ތަރައްްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އަދި ސްކޫލުތަކާއި ސަރުކާރު މުއައްސަސާތަކާއި، އޮބިއޯންގެ އިތުރުން ޕްލޭކިޑްސްގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ މާލެ އާއި އަތޮޅުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު އެކިއެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ސިލްސިލާކޮށް ހިންގަމުންނެވެ. މިފަދަ ޕްރޮގްރާމުތަކަކީ ވަރަށް ކާމިޔާބީ ޕްރޮގްރާމުތަކަކަށް ވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.