ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ސްކޭމްގެ މައްސަލަތަކާ ގުޅިގެން މިއަހަރު އެކަނި ވެސް 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކް ކުރުމުގެ އިތުރުން 782 ޑިވައިސް ނެޓްވޯކުން ބްލޮކްކޮށް، 297 ސިމްކާޑު ޓާމިނޭޓް ކޮށްފައިވާ ކަމަށެވެ. އަދި 70 ވެބް ލިންކް ބްލޮކް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން 156 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކުގެ ޝަރީއަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސްކޭމްތަކާ ގުޅިގެން މިދިޔަ އަހަރު 1،661 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި އެއީ 20 މިލިއަން ރުފިޔާގެ ސްކޭމް ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީން މި މަހުގެ މި މުއްދަތަށް 1،302 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ