ހުޅުމާލާގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ކެޓް ޝެލްޓަރގެ %70 ނިމިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މި ސެންޓަރު ހަދަމުންދަނީ ހުޅުމާލެ ފަރުކޮޅުފުށީގައެވެ.
ސަރުކާރުންވަނީ ބުޅާތައް ބެހެއްޓުމަށް ޚާއްސަކޮށްގެން އަޅާ ކެޓް ސެންޓަރު އަޅަން 5،000 އަކަފޫޓުގެ ބިމެއް މާލޭ ސިޓީ ކައުންސިލަށް ޚާއްސަ ކޮށްދީފައެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މިރޭ މާލޭ ސީޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަތުމަތީގައި އުޅޭ ބުޅަލުގެ އުދަނގޫ އާންމު ރައްޔިތުންނަށް ބޮޑު ވެފައިވާއިރު، ބުޅާތަކަށްވެސް ދަނީ އަނިޔާ ލިބެމުން ކަމުގައެވެ.
އެހެންކަމުން މިކަމަށް ހައްލު ކުރުމަށްޓަކައި ހަދަން ފެށި ކެޓް ޝެލްޓާގެ %70ގެ މަސައްކަތް ﷲ އިރުާދަފުޅުން ނިމިފައި.
އާދަމް އާޒިމް ވިދާޅުވިއެވެ.
އާދަމް އާޒިމް ވިދާޅުވީ، ސަރުކާރުގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު އަޅަމުންދާ މި ސެންޓަރު ނިމޭއިރު ބުޅަޅަށް ޚާއްސަ ހޮޓަލެއްގެ އިތުރުން ޕާކަކާއި ބުޅާތަކަށް ފަރުވާ ދެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމުގައެވެ.
ދާއިމީ ޕެޓް ކެއާ ފެސިލިޓީއެއް ގާއިމް ކުރުމަށް މި ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައެވެ. އެކަން ނިންމާ، އެއްބަސްވުމުގައި ސޮއި ކޮށް ބިން ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުއެވެ.
ކޮމެންޓު ފޮނުވާ