ރަސްދޫ ސްޕާއެއްގައި ހަށިވިއްކަމުން އައި 3 މީހަކު ހައްޔަރު ކޮށްފި

ރަސްދޫ ސްޕާއެއްގައި ހަށިވިއްކަމުން އައި 3 މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
26 ޖުލައި 2024 10:03
0

ހަށިވިއްކުމުގެ ތުހުމަތުގައި އއ. ރަސްދޫ ސްޕާއަކުން ތިން ބިދޭސީން ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، މިމީހުން ހައްޔަރު ކޮށްައިވަނީ އާދީއްތަ ދުވަހުގެ ރޭ 11:30 ހާއިރު އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ހުންނަ "ބްލޫ ވެލި ސެލޫން އެންޑް ސްޕާ"އިން ކަމުގައެވެ. މިމީހުން ހައްޔަރު ކޮށްފައިވަނީ، މި ސްޕާގައި ގައި ހަށިވިއްކުމުގައި ބިދޭސީ އަންހެނުން މަސައްކަތް ކުރާކަމަށް ފުލުހުންނަށް ލިބު ރިޕޯޓަކާއި ގުޅިގެންކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ސްޕާގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން އެ ސްޕާ ބަލާފާސްކޮށް އެތަނުން އުމުރުން 42 އަދި 27 އަހަރުގެ ބިދޭސީ 2 އަންހެނުންނާއި، އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އައި ސްޕާއެކެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.