ބައްލަވަންވާރަށް ބައެއް ކަންކަން އަލީ ހާޝިމް ބައްލަވާފައެއް ނެތް: ގާސިމް

ބައްލަވަންވާރަށް ބައެއް ކަންކަން އަލީ ހާޝިމް ބައްލަވާފައެއް ނެތް: ގާސިމް

Author
ޙަސަން މުޙައްމަދު
22 ޖުލައި 2024 11:57
0

ހައްދަވަންޖެހޭ ބައެއް ގަވާއިދުތައް ހެދުމާއި، އަދި ބައްލަވަންޖެހޭވަރަށް އަލީ ހާޝީމް ބައެއް ކަންކަން ބައްލަވާފަ ނެތްކަމަށް، މާލިއްޔަތު ކޮމިޓީން، އަލީ ހާޝިމް ވަކިކުރުމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުން އެގެން އޮތް ކަމުގައި މާލިއްޔަތު ކޮމިޓީގެ މުގަގައްރިރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

އަލީ ހާޝިމް މަގާމުން ވަކިކުރުމާއި ގުޅޭގޮތުން، މާލިއްޔަތު ކޮމިޓީން ހުށަހެޅު ރިޕޯޓާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން ގާސިމް އިބުރާހިމް ވިދާޅުވީ، އަލީ ޙާޝިމް މަގާމްގުގައި ހުންނަވައިގެން ދެއްވާފައިވާ ލަފާފުޅުތަކަށް އޭރުގެ ސަރުކާރުންވެސް އެކަށީގެންވާ ގޮތުގައި އަމަލުވެސް ކުރައްވާފައި ނުވާކަމުގައެވެ.

ހަމަ އެއާއެކު ގާސިމް އިބުރާހިމް ވިދާޅުވީ، އަލި ހާޝިމް ވަކިކުރަނީ ރައީސް މުއިއްޒު އަންގައިވައިގެންކަމަށް ބައެއް ފަރާތްތަކަށް ބުނަމުން ދިޔަނަމަވެސް އެއީ ދޮގެއް ކަމުގައެވެ. އަދި އެފަދަ އެއްވެސް އެންގެވުމެއް ރައީސް މުއިއްޒު އެނާއަށްވެސް އަދި ކޮމިޓީގެ އެއްވެސް މެމްބަރަކަށް އަންގަވާފައި ނުވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސް އަށް ލަފާއެރުވުމުގެ މައްސަލަ، މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ކޮމިޓީއަށް އެންމެ ފަހުން އަލީ ހާޝިމް ފޮނުއްވި ސިޓީގައި، ލިޔުމުން ޖަވާބު އެރުއްވިދާނެކަމަށް ވިދާޅުވިނަމަވެސް، އަލީ ހާޝިމް ކޮމިޓީއަށް ހާޒިވެވަޑައިގަންނަވާފައި ނުވާތީ، ލިޔުމުން ޖަވާބުދާރީ ވުމަށް، އިތުރު ފުރުސަތު ނޭރުވުމަށް ކޮމިޓީން ނިންމާފައިވާކަމަށްވެސް މާލިއްޔަތު ކޮމިޓިގެ މުގައްރިރު ގާސިމް އިބުރާހިމް މިއަދުވަނީ ވިދާޅުވެފައެވެ.

ގާސިމް މިހެން ވިދާޅުވީ، އަލީ ހާޝިމް މަގާމުން ވަކިކުރުމާއި ގުޅޭގޮތުން މާލިއްޔަރު ކޮމިޓީން މިއަދު މަޖިލިހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުންނެވެ.

މިއަދުވަނީ، އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ނިންމާ، ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި މިހާރު މެމްބަރުންދަނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. މަޖިލިހުގައި ކުރެވެމުންދާ ބަހުސްގައި، އަލީ ހާޝިމް ވަކިކުރުމަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހައްދަވަމުން ގެންދަވާއިރު، ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ އަލި ހާޝީމް މަގާމުން ވަކިކުރުމަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަނީ، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާ ގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ހިމަނާފައެވެ. ރިޕޯޓަށް ބަހުސްކުރުމަށްފަހު މައްސަލައިގައި ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.

ގަވަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މީގެން އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.

ބުދަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފަ އެވެ.

މައްސަލަ ހުށަހެޅުއްވި މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ނުފެންނާތީ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.