މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ދިވެއްސަކު ހޯދައި، ތިން މީހަކު ހައްޔަރު ކޮށްފި

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ދިވެއްސަކު ހޯދައި، ތިން މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
20 ޖުލައި 2024 12:52
0

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ދިވެއްސަކު ހޯދައި، އެ މައްސަލައިގައި ތުހުމަތުވާ ތިން މީހަކު ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި 27 އަހަރާއި 22 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖެހުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މަހުގެ 9 ވަނަ ދުވަހު ވެސް މާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކުރި މައްސަލައިގައި ތިން މީހަކު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.