މާލޭގެ ފިހާރައެއް ފަޅާލައިގެން ގަހަނާތަކެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ މީހަކު ހައްޔަރު ކޮށްފައިވަނީ ޗަމްޕާ މަގު ޕެންޒީ ފިހާރައިން ރޭގެ ވަގުތެއްގައި ވައްކަންކުރި ކަމުގެ ތުހުމަތުގައި ކަމުގައެވެ. ފުލުހުން ހައްޔަރު ކޮށްފައިވަނި އުމުރުން 27 އަހަރުގެ ދިވެއްސެކެވެ.
ފުލުހުން ވިދާޅުވެފައިވަނީ އޭނާ އެ ފިރާއިން ވަގަށް ނެގިކަަމށް ތހުމަތު ކުރެވޭ ގަހަނާތައް ހޯދާފައިވާ ކަމުގައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ