ކަރަންޓު ބިލްތަކަށް ބަދަލު އަންނަމުންދަނީ ޑިޖިޓަލް މީޓަރުތައް ހަރުކުރި ފަހުން ކަމަށް ބެލެވޭ: އައިބީ

ކަރަންޓު ބިލްތަކަށް ބަދަލު އަންނަމުންދަނީ ޑިޖިޓަލް މީޓަރުތައް ހަރުކުރި ފަހުން ކަމަށް ބެލެވޭ: އައިބީ

Author
ޙަސަން މުޙައްމަދު
17 ޖުލައި 2024 12:15
0

ކަރަންޓު މީޓަރަށް ބަދަލު އަންނަމުންދަނީ ޑިޖިޓަލް މީޓަރުތައް ހަރުކުރި ފަހުން ކަމަށް ބެލެވޭ ކަމުގައި  ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވޭތުވެދިޔަ މަސްތަކުގައި ކަރަންޓް ބިލްތައް އިންތިހާއަށް ބޮޑުވެފައިވާތި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ކުއްލި މައްސަލާގައި މިއަދު ކުރިޔަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އައިބީ ވިދާޅުވީ ޑިޖިޓަލް މީޓަރުތައް ތައާރަފްކުރުމުގެ ސަބަބުން ކަރަންޓު ބިލްތަކަށް ބަދަލުތައް އަންނަހެން އޭނާއަށްވެސް ހީވާކަމަށާއި، އޭރުވެސް ރައްޔިތުން ދިޔައީ އެކަމާ ދެކޮޅު ހަދަމުން ކަމުގައެވެ.

އަޅުގަނޑަށް ވެސް އެބަ ހީވޭ ޑިޖިޓަލް މީޓަރުތައް ތައާރަފްކުރުމުގެ ސަބަބުން ކަރަންޓު ބިލްތަކަށް ބަދަލުތައް އަންނަހެން.

އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުގައި ޑިޖިޓަލް މީޓަރަށް ބަދަލު ކުރަން ފެށީމާ ރައްޔިތުން ނުކުމެ ހަޅޭއް ވެސް ލެއްވި ކަމަށާއި، އެހެންނަމަވެސް އެ މީޓަރު ކުރުމަށްފަހު އޭރުގެ ފެނަކައިން ބުނެފައިވަނީ މައްސަލައެއް ނެތްކަމަށް ކަމުގައެވެ. 

މިދިޔަ ސަރުކާރުގައި އެކަން ކުރަން ފެށީމާ ރައްޔިތުން ނުކުމެ ހަޅޭއް ވެސް ލި، އެކަމަކު އެ މީޓަރު އޭރުގެ ފެނަކައިން ބުނަނީ މައްސަލައެއް ނެތޭ. މިދިޔަ ފަސް އަހަރުތެރޭގައި ހަމަ މި ކަރަންޓަށް މި ބަދަލު އައިސްސި، ހަމަ މީހުން މަގުމައްޗަށް ނުކުމެ މުޒާހަރާ ވެސް ކުރި.

އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އަދި އޭރުގެ ސަރުކާރުންވެސް ބުނަމުން ދިޔައީ ބިލްތައް ބޮޑުވަނީ ހޫނު ގަދަވުމުގެ ސަބަބުންކަމަށް ކަމަށާއި، އެހެންނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން ހުރިނަމަ އެކަން ބަލަން ޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.