އިޒްރޭލު ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިފި: ޝަހީދުވި މީހުންގެ އަދަދު 850 އަށް

އިޒްރޭލު ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިފި: ޝަހީދުވި މީހުންގެ އަދަދު 850 އަށް

Author
އަހުމަދު
16 މާރޗް 2026 12:17
0

އިޒްރޭލު ސިފައިން އެއްގަމު މަގުން ލުބުނާނުގެ ދެކުނަށް އަރައި، އެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ 91 ވަނަ ބްރިގޭޑުން މި ހާއްސަ ހަރަކާތް ފަށާފައިވަނީ އިޒްރޭލުގެ ސަލާމަތީ ސަރަހައްދު ފުޅާކުރުމުގެ ބޭނުމުގައެވެ. މި އޮޕަރޭޝަންގެ މައިގަނޑު އަމާޒަކީ ލުބުނާނުގައި ހުރި ހިޒްބުﷲ ޖަމާއަތުގެ މަރުކަޒުތައް ހޯދައި ނައްތާލުން ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ރަހުމުކުޑަ ހަމަލާތަކުގައި މިހާތަނަށް 850 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ލުބުނާނުގެ ސިއްހަތާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޭގެ ތެރޭގައި 107 ކުޑަކުދިންނާއި، 66 އަންހެނުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ 32 މީހަކު ހިމެނެއެވެ.

މި ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން އިތުރު 2,105 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވި މީހުންގެ އަދަދު މިހާރު ވަނީ 800,000 އަށްވުރެ މައްޗަށް ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.