ޓެރަރިޒަމާ ދެކޮޅަށް އެހީތެރިވެދޭން ބައެއް ތަކެތި ހަދިޔާ ކޮށްފި

ޓެރަރިޒަމާ ދެކޮޅަށް އެހީތެރިވެދޭން ބައެއް ތަކެތި ހަދިޔާ ކޮށްފި

Author
ޙަސަން މުޙައްމަދު
16 ޖުލައި 2024 11:41
0

ފުލުހުން ކުރިއަށް ގެންދާ ކައުންޓާ-ޓޭރަރިޒަމްގެ މަސައްކަތްތަކަށް ޔުނައިޓެޑް ނޭޝަންސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުގެ ދަށުން ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން ޔޫއެންއޯޑީސީ އިން ފުލުހުންނަށް ހަދިޔާކުރީ ޑިޖިޓަލް ސްކްރީނާއި 16 ބޮޑީ-ވޯން ވެސްޓެވެ.

ފުލުހުުން ބުނީ މިތަކެތީގެ ސަބަބުންވެސް ފުލުހުންގެ މޮނިޓަރިން މަސައްކަތްތަކުގައި ގާބިލުކަން އިތުރުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޖަޕާނުން އިއްޔެ ވަނީ ފުލުހުންގެ ހިދުމަތަށް އުޅަނދުތަކެއްވެސް ހަދިޔާކޮށްފަ އެވެ. އެގޮތުން ޖަޕާން ސަރުކާރުން 54 ކާރާއި ހަތަރު ވޭން ހަދިޔާ ކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.