21 އަހަރަށްފަހު މި ދެތަރިން އެކުގައި

21 އަހަރަށްފަހު މި ދެތަރިން އެކުގައި

Author
ފާތިމަތު ނާވީ
15 ޖުލައި 2024 10:47
0

2004 ވަނަ އަހަރުގެ ކާމިޔާބު ފިލްމް  "މޭ ހޫން ނާ" އިން ބޮޑު މަޝްހޫރު ކަމެއް ލިބިގެންދިއަ ދެތަރިން ކަމުގުގައިވާ ޒައިދު ޚާންއާއި އަމްރިތާ ރާއޯ 21 އަހަރު ފަހުން ރިޔޫނިއަން ވެއްޖެއެވެ.

"މޭ ހޫން ނާ" އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމް ތަކުގެ ލިސްޓުން ޖާގަ ހޯދާ ފިލްމްއެއް ނަމަވެސް މި ފިލްްމް އަށް ފަހު މިދެތަރިން ވެސް ވަނީ ވަރަށް ބޮޑަށް ބޮލީވުޑްއާއި ދުރުވެފައިއެވެ. މިހާރު އެއްގޮތަކަށް ވެސް މިދެތަރިން ބޮޑު ސްކްރީން އިން ފެނިގެންނެއް ނުދެއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެނިގެންދަނީ ޒައިދުއާއި އަމްރިތާ ޝޫޓިންއެއްގައި މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ. ބެލެވޭ ގޮތުގައި މިއީ އަމްރިތާ ގެ ޓޯކް ޝޯއެކެވެ. ނަމަވެސް ތަފްސީލެއް އަދި މިހާތަަނަށް ލިބިފައިއެއް ނުވެއެވެ.

މި ވީޑިއޯއާއެކު އެ ދެތަރިންނަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ އަހަރުތަކަކަށްފަހު އެމީހުން އެކުގައި ފެނުމުން އުފާ ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.