ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރްގެ ސިޔާސީ ފިލްމު "އުލަޖް" ގެ އައު ޕޯސްތަރު ތަކެއް އަނެއްކައިވެސް ދައްކައިލައިފިއެވެ.
މީ ޖާންވީގެ ކެރިއަރުގައި މިފަދަ ރޯލަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ފިލްމް އަކީ ވަރަށް އިންޓްރަސްޓިންގ ފިލްމް އަކަށް ވެގެން ދާނެ ކަމަށް ބެލެވެއެވެ.
ކުރިން މި ފިލްމު ސިނަމާތަކަށް ގެންނަން ޕްލޭންކުރީ މި މަހުގެ 5 ގަ އެވެ. ނަމަވެސް އެޕްރީލް މަހުގެ ތެރޭގައި "އުލާޖް" ފަސްކުރިކަން ހާމަކުރުމަށް ފަހު، މިހާރު އާ ތާރީހަކަށް ހަމަޖައްސާފައި އެވެ.
ސިޔާސީ ކަތަށްތަކެއް ދައްކުވައިދޭ އަދި އެފަދަ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް ގައި ޖާންވީ އާއި އެކުގައި ދެން ފެނިގެންދާނީ ހުސް ފިރިހެން ތަރިންނެވެ.
ޖާންވީ އާއި އެކުގައި ލީޑުން ވެސް ފެނިގެން ދާނީ މާ މަޝްހޫރު ނޫން އެކްޓަރުން ކަމުގައިވާ ގުލްޝަން ދެވިއާ އާއި ރޯޝަން މެތިއު އެވެ. މިފިލްމް ގެ ކާސްޓުގައި މިޔަންގް ޗަންގް، ސަޗިން ކެޑޭކަރް، ރާޖަންދުރަ ގުޕްތާ އަދި ޖިތެންދުރަ ޖޯޝީ ވެސް ހިމެނެއެވެ.
ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ. ޖަންގްލީ ޕިކްޗާސް އިން މީގެ ކުރިން ވަނީ ކާމިޔާބު އެތަށް ފިލްމް އެއް ގެނެސްދީފައިއެވެ. އެގޮތުން ރާޒީ" ފަހަގަ ކޮށްލެވެއެވެ.
މި ފިލްމްގެ ޑައިރެކްޓަރަކީ ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ސުދާންޝޫ ސާރިއާ އެވެ.
ކޮމެންޓު ފޮނުވާ