އަހަރުގެ ފުތަރަމަ ހަމަސްތެރޭ މަސްތުވާތަކެތީގެ 843 މައްސަލައެއް

އަހަރުގެ ފުތަރަމަ ހަމަސްތެރޭ މަސްތުވާތަކެތީގެ 843 މައްސަލައެއް

Author
ޙަސަން މުޙައްމަދު
06 ޖުލައި 2024 12:28
0

މަސްތުވާތަކެތީގެ 843 މައްސަލަ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ ފާއިތުވިއަހަރު މިމުއްދަތުގައި ހުށަހަޅާފައިވާ މައްސަލަތަކަށްވުރެ މަދު އަދަދެކެވެ.

ފާއިތުވިއަހަރުގެ މި މުއްދަތުގައި މަސްތުވާތަކެތީގެ 945 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާރާމާރީ އާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ރިޕޯޓްކުރެވުނު އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

މާރާމާރީގެ 346 މައްސަލަ މި އަހަރު ފުލުހުންނަށް ހުށަހެޅުނުއިރު ތަކެއްޗަށް ގެއްލުން ދިނުމުގެ 365 މައްސަލަ ހުށަހެޅިފައިވެ އެވެ.

ފުލުހުންނަށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހުށަހެޅީ މާރާމާރީގެ 291 މައްސަލަ އާއި ތަކެއްޗަށް ގެއްލުން ދިނުމުގެ 253 މައްސަލަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރެވުނު އަދަދުވެސް ވަނީ ދަށަށް ގޮސްފަ އެވެ.

ގެވެށި އަނިޔާގެ 131 މައްސަލަ އަދި ޖިންސީ ގޯނާގެ 160 މައްސަލަ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހެޅުނީ ގެވެށި އަނިޔާގެ 110 މައްސަލަ އާއި ޖިންސީ ގޯނާގެ 142 މައްސަލަ އެވެ.

ފުލުހުންނަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހުށަހެޅުނު މަސްތުވާތަކެއްޗާއި ފޭރުން އަދި ވައްކަމުގެ މައްސަލަތައްވެސް ވަނީ ދަށަށް ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.