ޕްރޮޑިއުސަރު ދިނޭޝް ވިޖަންފެ މެޑޮކް ފިލްމްސް އިން އަލަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމް އަށް އަނެއްކައިވެސް ބޮލީވުޑްގެ އައު ޖޯޑެއް ހޮވައިފިއެވެ.
ރިޕޯޓްތަށް ބުނާގޮތުގައި ކާމިޔާބު ހޮރޯ-ކޮމެޑީތަކެއް ގެނެސްދީފައިވާ ދިނޭޝް ގެ އެ ޖޯންރާގެ އާ ފިލްމުގެ ލީޑް ތަރިންނަކީ އަޔޫޝްމަން ކްރާނާ އާއި ރަޝްމިކާ މަންދަނާ ކަމަށެވެ.
އެހެން ވެއްޖެ ނަމަ މި ފިލްމް ވެގެން ދާނީ އަނެއްކައިވެސް ބޮލީވުޑް އަށް ތައާރަފް ކުރާ އައު ޖޯޑަކަށެވެ. މީއި މި ހުނަރުވެރި ދެތަރިން އެކުގައި ކުޅޭ އަލަތު ފިލްމް އަށް ވެގެން ދާނެއެވެ. އަދި މި ފިލްމް ވެގެން ދާނީ ވަރަށް ޝައުގުވެރި ފިލްމްއެއް ކަމުގައި ބެލެވިދާނެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާ ސަރްޕޯޓްދަރު ކަމަށެވެ. އޭނަ އަކީ މި މަހުގެ 7 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މެޑޮކްގެ އެންމެ ފަހުގެ ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ވެސް ޑައިރެކްޓަރެވެ.
ކޮމެންޓު ފޮނުވާ