ހުޅުމާލެ ފޭސް ދޭއްގައި މިކްސްޑް ޔޫސް ރެސިޑެންޝިއަލް 10 ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާން ކޮށްފިއެވެ.
އެޗްޑީސީން ވަނީ މިކްސްޑް-ޔޫސް ރެޒިޑެންޝަލް ބިލްޑިންގްސް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއީއޯ) ހުށަހެޅުމަށް ހުޅުވާލާފައެވެ. އެގޮތުން 14 ބުރީގެ ހަ ޓަވާރާއި، 20 ބުރީގެ ދެ ޓަވަރާއި 15 ބުރީގެ ދެ ޓަވަރު އަޅަން އެކުންފުނިންވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ޓަވަރުތައް އިމާރާތް ކުރަންޖެހެނީ މީހުން ދިރިއުޅެވޭނެ އެޕާޓްމެންޓްތަކާއި، ވިޔަފާރި ކުރުމަށް ހާއްސަ ތަންތަނާއި، އާންމު ހިދުމަތްތަކާއި ޕާކިންގ ހިދުމަތަކާއެކުއެވެ. އަދި މި ޓަވަރުތައް އިމާރާތް ކުރުމަށް 9،000 އާއި 20،000 އަކަފޫޓުގެ ބިންތަކެއް ކަނޑައަޅާފައިވާއިރު، މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، ވިޔަފާރީގެ އުސޫލުން ނެވެ.
އެޗްޑީސީގެ އިއުލާނުގައި ވާގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި [email protected] އަށް މެއިލް ކުރަން ނުވަތަ އެޗްޑީސީ އޮފީހަށް ހެށަހަޅަން ޖެހެއެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ 4 ބުރީގެ 4 ކޮމާޝަލް ބިލްޑިންގއެއް އެޅުމަށްވެސް ފޭސް ދޭއްއިން ބިންތަކެއް ވިއްކަން އިއުލާން ކޮށްފައެވެ. އެ އިއުލާންގައިވާގޮތުން މިއިމާރާތްތައް އެޅުމަށް ވިއްކަން ނިންމާފައިވަނީ 4،900 އާއި 11،014 އަކަފޫޓުގެ ބިންތަކެވެ.
ކޮމެންޓު ފޮނުވާ