އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި "އެކްސަސައިޒް ބެލެންސް ފްލޭޝް މެޓަލް" ތަމްރީނު ފަށައިފި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި "އެކްސަސައިޒް ބެލެންސް ފްލޭޝް މެޓަލް" ތަމްރީނު ފަށައިފި

Author
ހުސައިން
26 ޖޫން 2024 05:07
0
އެމްްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި "އެކްސަސައިޒް ބެލެންސް ފްލޭޝް މެޓަލް" ތަމްރީނު މިއަދު ފަށައިފިއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ލ.ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިފާޒްއެވެ.
އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ މި އެކްސަސައިޒް ކުރިއަށްދާނީ މިއަދުން ފެށިގެން ޖުލައި 19 ވަނަ ދުވަހުގެ ނިޔަލަށް، ލ .އަތޮޅުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައެވެ. އެގޮތުން މި ތަމްރީނުތަކުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި، މެރިންސް ބައިވެރިވެއެވެ. އަދި އެކްސަސައިޒްގެ މުދައްރިބުންގެ ގޮތުގައި، އެމެރިކާ އަސްކަރިއްޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި އެކްސަސައިޒަކީ، އެމްއެންޑީއެފްގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.